ފަރުވާގެ ނިޒާމު ހަރުދަނާކޮށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ކަންކަން އިސްލާހު ކުރަން ގޮވާލައި އެ އެޖެންސީ ކުރިމަތީގައި މިއަދު މުޒާހަރާ ކޮށްފިއެވެ.
ފިޔަވަޅު އެޅުމަށް ގޮވާލައި މިއަދު ކުރި އެ މުޒާހަރާގައި ބައިވެރިވީ މަދު ބައެއް ނަމަވެސް އެ ސަރަހައްދު ބަލަހައްޓަން ތިބި ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ މީހުން ފޮނުވާލައިފައެވެ.
އެ މަސަރައްދުގައި މަސްތުވާތަކެއްޗާ ގުޅޭ އެކި ޝުއޫރު ފާޅުކޮށްފައި ހުރި ބޯޑުތަކާއި ޕޯސްޓަރުތައް ބަހާފައި ވާއިރު، އޭގައި ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ފާހަގަ ކޮށްފައި ވަނީ ފަރުވާގެ ނިޒާމު ކަންކަން ކުރިއަށް ދާ "ދޯދިޔޯ" ގޮތްތަކެވެ.
އެ މުޒާހަރާގައި ބައިވެރިވި، މަސްތުވާތަކެތި މައްސަލައެއްގައި މީގެ އެތައް އަހަރެއް ކުރިން 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ލަވަކިޔުންތެރިޔާ އީސާ އަބްދުﷲ ބުނީ މީގެ ނުވަ އަހަރު ކުރިން އުފެއްދި ޑްރަގް އެޖެންސީއާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަން އޭނާ ފާހަގަ ކޮށްފައި ވެއެވެ.