ބަދުއަހުލާގީ މައްސަލައެއްގައި މާލޭގައި ހިންގާ ބިއުޓީ ސެލޫނަކުން 3 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިއުޓީ ސެލޫނަކުން ބަދު އަހުލާގީ މައްސަލައެއްގައި ބިދޭސީ ދެ އަންހެނަކާއި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ސެލޫނެއްގެ ގޮތުގައި ހިދުމަތް ދެމުންދާ ތަނަކީ މާލޭގައި ހިންގަމުންދާ ތަނެއްކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ތެރެއިން ދިވެއްސަކީ އުމުރުން 28 އަހަރުގެ ފިރިހެނެއް ކަަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.