މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ހާއްސަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ތަމްރީނުތައް އޮންނާނީ މި މަހުގެ 6 އާއި 7 ވަނަ ދުވަހުގެ އިތުރުން 13 އަދި 14 ވަނަ ދުވަހު ކަމަށެވެ.

އެ ތަމްރީނުތައް އޮންނާނީ އެ ދުވަހުގެ ހެނދުނު 06:00 އިން އިރުއޮއްސި 6:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެ ތަމްރީނުތަކުގައި ހަތިޔާރު/ ޕައިރޯޓެކްނިކްސް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި ބޭނުން ކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އެ ތަމްރީނުގައި ބޭނުން ނުރާނެ އެންމެ ތިރި މިނަކީ ސީ-ލެވެލް ކަމަށާއި ބޭނުން ކުރާނެ ޑައިރެކްޝަނަކީ ހުޅުލޭގެ އިރުން 7 މޭލު ބޭރު ކަމަށެވެ.