މާލޭގެ މަގެއްގައި ދުއްވަމުން ދިޔަ ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ 7:10 ހާއިިރު ގައުމީ ޔުނިވާސިޓީގެ ދަނާލު ކައިރިން، ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ 7:18 އެހާކަންހާއިރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

ހާދިސާގައި ރޯވީ ކާރުގެ އިންޖީނުގައެވެ. ބޮޑަށް އަލިފާން ރޯވެ އެނދީވެސް ކާރުގެ ކުރިމަތީ ބައެވެ.

ދުއްވަމުންދިޔަ ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފަ / ފޮޓޯ: ޕޮލިސް

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.