އިއްޔެ 6:00 އަކުން މިއަދު 6:00 އަށް ނެގި 1801 ސާމްޕަލްގެ ތެރެއިން 36 ސާމްޕަލް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަދު ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީމާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި ދެ މީހެއްގެ އިތުުރުން ރިސޯޓު ތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު، ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 13106 އަށް އަރާފައެވެ.
އޭގެ ތެރެއިން 12154 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިއަދު ބަލިން ރަނގަޅު ވީ 153 މީހެކެވެ. އަދި 47 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މި ބައްޔަށް ޕޮޒިޓިވްވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައިވާއިރު، އެ މީހުން ނިޔާވެފައި ވަނީ ކޮވިޑް ޖެހިގެން ނޫން ކަމަށް ވަނީ ނިންމާފައެވެ.
މިހާރު މިބައްޔަށް ޕޮޒިޓިވް 898 މީހަކު އުޅޭއިރު، އެއީ މާލެއިން 714 މީހަކާއި އަތޮޅު ތެރެއިން 21 މީހެއްގެ އިތުރުން ރިސޯޓްތަކުން 57 މީހެކެވެ. އަދި އިންޑަސްޓްރިއަލް ރަށްތަކުން އެއް ކޭސްގެ އިތުރުން ހަދަމުންދާ ރަށްތަކުގައި 106 އެކްޓިވް ކޭސް އެބަ އުޅެއެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 86 މީހުން ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާއިރު، ދެން ތިބި މީހުން ތިބީ އައިސޮލޭޓް ކޮށްފައެވެ.
ކިއަދު 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މާދަމައިން ފެށިގެން އެއްރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ކަރަންޓީނުވާން ޖެހޭ މީހުންގެ ކަރަންޓީނު މުއްދަތު ވަނީ 10 ދުވަހަށް ކުރު ކުރަން ނިންމާފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން އަންގާފައި ވާއިރު، މުހިންމު މަސައްކަތްތަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭ ގޮތް ވެސް ވަނީ ހަދާފައެވެ. އެފަދަ މީހުންނަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއަކާއެކު ކަމަށް އެޗްޕީއޭ އިން ބުނެއެވެ.