ފައިސާއާ ގުޅޭ ކުށްތައް ހުއްޓުވުމަށް ނެޝަނަލް ސެންޓްރަލް ބިޔުރޯ އޮފް އިންޓަޕޯލް އާއި މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންް ޔުނިޓާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ކުރައްވި ޓްވީޓެއްގައި ވިދާޅުވީ އެ އެމްއޯޔޫ އަކީ އެންޓި މަނީ ލޯންޑަރިން އާއި ކައުންޓާ ޓެރަރިޒަމް ފައިނޭންސިން އެފޯޓްސް އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށާއި އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ސޮއިކުރި އެމްއޯޔޫ އެއް ކަމަށެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިިޓު (އެފްއައިޔޫ) އަކީ މަނީ ލޯންޑަރިންގްއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި އުފައްދާފައިވާ މިނިވަން ޔުނިޓެކެވެ.