މަގުމައްޗަށް ގެއްލިފައިވާ ފައިސާތަކެއް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ ބޭންކުން މިއަދު މީހަކު ނެގި ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ފައިސާތައް ފެނިއްޖެނަމަ ނުވަތަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ނަންބަރު 9631696 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ފުލުހަށް ރިޕޯޓުކޮށްފައިވާ އެފަދަ މައްސަލަތަކުގައި އާންމުންގެ އެހީއަށް ދަނީ އެދެމުންނެވެ.