މާލޭގައި އަންހެނަކު ކަރަންޓުގައި ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދޭމުން އެބަ ގެންދެއެވެ.

ފުލުހުން ބުނީ މާލެ ގަލޮޅުގައި ހުންނަ ގެއެއްގައި މީހަކު ކަރަންޓުގައި ޖެހުނު މައްސަލައެއް އިއްޔެ މެންދުރު 1:18 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކަރަންޓުގައި ޖެހިފައި ވަނީ އުމުރުން 38 ދިވެހި އަންހެނަކު ކަމަށް ފުލުހުން ބުނެއެވެ.

އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ހިނގަން މެދުވެރި ވި ގޮތެއް ފުލުހުން ނުބުނެއެވެ.

މި ފަހުން ހިނގާފައިވާ ކަރަންޓުގެ ހަދިސާތަކަށް ބަލާލާއިރު، މިދިޔަ ޑިސެމްބަރު މަސް ތެރޭގައި ގއ ވިލިނގިލީގައި މަސައްކަތް ކުރާ ފެނަކަ މުވައްޒަފަކު ވަނީ ކަރަންޓުގައި ޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ ކަރަންޓުގައި ޖެހިފައިވަނީ ފެނާ ނަރުދަމާގެ މަސައްކަތް ކުރަން އުޅުުނު ސަރަހައްދުގައި ކަރަންޓް ޕަންޕެއް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ވެ ގއ އަތޮޅު ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފައެވެ.