ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު 12:34 ހާއިރު ކަމަށެވެ.

ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުނ ތިނަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ވަނީ އެ ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރި ވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިންގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގައި އެ ދޯނީގައި ތިބި 4 ދިވެހިންނަށް އަނިޔާވެފައިވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އަދި އަނިޔާވި 4 ދިވެހިންނަށް ފަރުވާ ދިނުމަށް ވަނީ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވެސް އެމްއެންޑީއެފުިން ބުނެއެވެ.