ހދ. ވައިކަރަދޫގެ ގޮނޑުދޮށުގައި 70 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ވައިކަރަދޫ ކައުންސިލުން ބުނީ، މިއަދު އެރަށުގެ މީހުން މޫދަށް އެރޭ ސަރަހައްދު ގޮނޑުދޮށުގައި 70 އަހަރުގެ މީހަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައި ވަނީ މިއަދު ހެނދު 9:00 ހާއިރު ކަމަށް ކައުންސިލުން ބުނެއެވެ. އަދި އައި ފިރިހެނެއް ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

އެމީހާ ފެނުނުއިރު އޮތީ ކޮންމެވެސް ވަރަކަށް ތެމިފައި އަދި ގައިގައި ވެލި ވެސް ހޭކިފައެވެ.

މިކަމާ ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

މީގެ ކުރިންވެސް މޫދުގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތޭރގައި ހއ. ދިއްދޫން ނެވެ.

.