ގދ. ތިނަދޫގައި މިއަދު ރަހީނުކުރި މީހަކު ސަލާމަތްކޮށް މިމައްސަލައަކާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:00 ހާއިރު ގދ. ތިނަދޫގައި މިހާކު ރަހީނުކޮށްފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށް އެކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 45 އަހަރުގެ މީހެއްގެ އިތުރުން 52 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.