ރާއްޖެއާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް އޯގަނައިޒޭޝަން (އޯއައިސީ)ގެ ގައުމުތަކަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއް ކަމަށް ޝާހިދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ވަރޗުއަލްކޮށް ބައްދަލުކުރައްވައިފިއެވެ.

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރު ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައި ވިދާޅުވީ އޯއައިސީގެ މެންބަރު ގައުމުތަކުގެ ގޮތުން، އެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކާ ދިވެހިރާއްޖެއަކީ އެއް ހަމަތަކަކާ އުސޫލުތަކެއް ގަބޫލުކުރާ ގައުމުތަކެއްކަމަށެވެ. އަދި އެ ގައުމުތަކުން ކޮވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރެއްވާފައެވެ.

އެ ބައްދަލުވުމުގައި މިސްރު، މޮރޮކޯ، ދަ ގެމްބިއާ، ރިޕަބްލިކް އޮފް ގިނީ އަދި ސެނެގާލްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ އެންމެ އިސްވެރިންގެ އިތުރުން ޓިއުނީޝިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އެފްރިކާ ސަރަހައްދުގެ ބައެއް ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރު ޝާހިދު މިއަދު ވާޗުއަލްކޮށް ބައްދަލުކުރައްވައި ބޭއްވި ބައްދަލުވުމުގެ ތެރއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

މިގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓާ ޝާހިދާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާއި އެފްރިކާގެ ގައުމުތަކާއި އޮންނަ ހާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިއަދުގެ އެ ބައްދަލުވުމަކީ ބޭރު ގައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.