އުމުރުން 52 އަހަރުގެ ފިރިހެނަކު ކޮވިޑް ގައި ނިޔާވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ދިވެހި ފިރިހެނެކެވެ. އެ މީހާ ނިޔާވީ ރޭ 11:32 ހާއިރެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 44 ވަނަ މީހާ ކަމަށް އެޗްއީއޯސީން ވަނީ ކަނޑައަޅާފައެވެ.‏ މިއީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މި ބަލީގައި ރާއްޖެއިން ނިޔާވި ތިން ވަނަ މީހާއެވެ. މީގެ ތެރެއިން ދެ މީހުންނަކީ އުމުރުން 60 އަހަރުން ދަށުގެ މީހުން ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.

މިމަހުގެ ތެރޭގައި ކޮވިޑުގައި ހަ މީހަކު ވަނީ ކޮވިޑުގައި ނިޔާވެފައެވެ.

މިހާތަނަށް މި ބަލީގައި މަރުވެފަައިވަނީ 37 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު ނިޔާވެފައިވާ އިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޑަށް އިއްޔެ ވަނީ 50 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 21 މީހަކާއި އަތޮޅުތެރެއިން ޕޮޒިޓިވް ވި 2 މީހުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12204 އަށް އަރާފައެވެ. އޭގެ ތެރެއިން 11،289 މީހަކު ރަނގަޅުވެފައެވެ.

މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 865 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 47 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 249 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.