ރާއްޖެއާއި ލަންޑަންއާ ދެމެދު ޑައިރެކްޓް ފްލައިތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށް ސްރީލަންކަން އެއާލައިންސް އިން ބުނެފިއެވެ.

އެ ގައުމުން މި ފްލައިޓްތައް ފަށަން ނިންމާފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެއާއި ލަންޑަން އާ ދެމެދު ޑައިރެކްޓް ފަލައިޓްތަކެއް އަންނަ މަހުން ފެށިގެން ސްރީލަންކަން އެއާލައިންސް އިން ފެށުމަށް ހަމަޖެހިފައިވާ ކަަމަށް ބުނެފައިވާ ކަމަށާއި އެއީ އުފާވެރި ހަބަރެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ޑައިރެކްޓް ފްލައިތްތަކެއް ސީދާ ލަންޑަނުން ރާއްޖެއާ ދެމެދު ކުރެވޭ ގޮތް ހަމަޖެހިގެން ދިއުމުން މި ވަގުތަކީ ރާއްޖެއަށް ޒިޔާރަތްކުރަންވީ ވަގުތު ކަމަށެވެ.

ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކުރާ ސީޒަން ފެށިގެން ދާ އިރު މިހާރު ރާއްޖެ އަންނަނީ އިގްތިސޯދީ ގޮތުން ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޮވިޑް އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވައި ފަތުރުވެރިކަން އަލުން ފަށާފައި ވަނީ އިގްތިސޯދު ކޮޅަށް ޖެހުމުގެ މަގްސަދުގައެވެ.

މިހާތަނަށް ރާއްޖެއަށް 500،000 އަށް ވުރެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަިއވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާއާއި އިންގިރޭސިވިލާތެވެ. އެ ގޮތުން ރަޝިޔާއިން 11،240 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 4468 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އެފުށްމިފުށަށް ޖެހިގެން ދިޔުމަށްފަހުން އަލުން އަނބުރާ ކޮޅަށް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން، މިހާތަނަށް 123 ރިސޯޓާއި 87 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 121 ސަފާރީ އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ 33014 އެނދެވެ. މީގެ އިތުރަށް އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް 1340 އޮޕަރޭޓްކުރަން ފަށަން ނިންމާފައިވާއިރު އެއީ ސަފާރީއަކާއި، 8 ރިސޯޓެވެ.