ފަރިވާ ސްޓޭއަށް ފުލުހުން ކަމަށް ހެދިގެން ވަދެ އެތަނުން ފޭރުނު މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ފަރިވާ ސްޓޭއަށް ބަޔަކު ވަދެ ފޭރުނު މައްސަލައިގެ ތުހުމަތުގައު ކޯޓު އަމުރެއްގެ ދަށުން އުމުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ގޮތުން އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ އިންޓެލިޖެންސުން ކަމަށް ބުނެ ފަރިވާ ސްޓޭއަށް ބަޔަކު ވަދެ ވަނީ ބާރުގެ ބޭނުންކޮށްގެން ފޭރިގެން ފައެވެ. އެގޮތުން އެތަނުގެ މުވައްޒަފުން ގޮތުގައި އެވަގުތު ތިބި މީހުންގެ އަތުގައި ކްލިޕް އަޅުވާ ބަނުމަށް ފަހު ފޭރިފައިވާ ކަަމސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ކަން ކުރުމަށް އެތަނަށް ފުލުހުންނަށް ވެގެން ވަދެފައި ވަޏީ ތިން މީހަުން ކަމަށް ވެސް ފުލުހުން ބުނެފއި ވެއެވެ.

އެ ތަނުން އެމީހުން ފޭރިގެންފައި ވަނީ އިލެކްޓްރޯނިކް ސާމާނާއި ފައިސާ އާއި ގަހަނާ ކަމަށް މައުލޫމާތު ލިބެއެވެ.