ފުލުހުން ކަމަށް ބުނެ ފަރިވާ ސްޓޭއަށް ބަޔަކު ވަދެ މުވައްޒަފުން ރަހީނުކޮށް ފޭރުނު މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ އިންޓެލިޖެންސުން ކަމަށް ބުނެ ފަރިވާ ސްޓޭއަށް ބަޔަކު ވަދެ އެތަނުގެ މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށް ފަހު އެތަނުން ބައެއް ތަކެތި ފޭރުނު މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
މިއަދު ހެނދުނު މަޖީދީ މަގުގައި ހުންނަ ފަރިވާ ސްޓޭއަށް ފުލުހުން ކަމަށް ހެދިގެން އެތަނަށް ވަދެފައި ވަނީ ތިން މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެމީހުން ފޭރިފައި ވަނީ ބައެއް އިލެކްޓްރޯނިކް ސާމާނާއި ފައިސާ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.