ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުން ދިޔަ އަމަލެއް ހުއްޓުވާ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އަމަލު ހުއްޓުވައި ބަޔަކު ހައްޔަރުކޮށް އޮޕަރޭޝަނެއް ފަށައިގެން ކުރިއަށް އެބަގެންދާ ކަަމަށެވެ.

ފުލުހުން ހަރަކާތްތެރިވަމުން ދަނީ މާލެއާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކު އަދި ތިމަރަފުށިން މީހަކެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުއްޓަށް ފުލުހުން އަރާފައި ވަނީ އިރުއޮއްސި 6:30 ހާއިރެވެ. އއގޮތުން މިއަދު އެރަށަށް ތިން ލޯންޗެއްގައި ގިނަ އަދަދެއްގެ ފުލުހުން ވަނީ ގޮސްފައެވެ. މިހާރު އެ ރަށުގެ ގެތައް ބަލާ ފާސްކުރަމުންދާއިރު މިހާތަނަށް ޖުމްލަ 6 ގެ ވަނީ ބަލާ ފާސްކޮށްފައެވެ.