ލ. ހިތަދޫގައި މީހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ލ. ހިތަދޫ ގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައިވާ މައްސަލަ ރޭ 08:35 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާއަށް ލ. ގަން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން ކޯޓު އަމުރުންގެ ދަށުން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމަހު ހދ. ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމް ކޮށްލާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިފައިވާ އިރު އައްޑޫ ސިޓީގައި ވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމަކޮށްލާފައެވެ.