ކޮވިޑް-19 އާ ގުޅިގެން މާލެ ސިޓީގައި ކާފިއު ހިންގާ ވަގުތަށް ބަދަލު ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ބުނީ މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

މިދިޔަ މަހުގެ 16 އިން ފެށިގެން މިއަދާ ޖެހެންދެން ކާފިއުގެ ގޮތިގައި އިންނަ ގަޑިއަކީ ރޭގަނޑު 11 އިން ފަތިހު 4 އަށެވެ.

ކާފިއު އިއުލާންކޮށްފައިވާ ވަގުތައް ބަދަލު ގެނައުމަށް ނިންމާފައި ވާއިރު، މީގެ ކުރިން ޕޮޒިޓިވްވާ މީހުން އިތުރު ވުމާ ގުޅިގެން ވަނީ މިފަދަ ހިދުމަތްތައް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް، މިހާރު ކޮވިޑް-19 ފެތުރުން މަޑުޖެހެމުން ދިއުމާއެކު ވަނީ ގިނަ ލުއިތަކެއް ދީ ރާއްޖެ ހުޅުވާލާފައެވެ.

އެގޮތުން ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި އިރު މިދިޔަ މަހު ވަނީ ގެސްޓްހައުސްތައް ހުޅުވާލާފައެވެ.