ހއ. ތަކަންދޫ އަށް ބޮޑު މަހެއް ލައްގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތަކަންދޫއަށް މަރުވެގެން ލެއްގި ބޮޑުމަހެއް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދާން އޭރިއާގެ ސިފައިންނާއި ތަކަންދޫ ރަށު ކައުންސިލް ގުޅިގެން ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަސް ލައްގާފައި ވަނީ އެރަށުގެ ހުޅަނގު ފަރާތު ފުއްޓަރަށެވެ. އެ މަސް ލައްގާފައި އޮއްވާ ފެނިފައި ވަނީ މިއަދު ހެނދުނު 10:15 ހާއިރެވެ.

މޫސުން ގޯސް ދުވަސްވަރު ރަށްރަށަަށް އެފަދަ އެއްޗެހި ލެއްގުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.