ރާއްޖޭގައި މަރުގެ އަދަބު އުވާނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު މިހެން ވިދާޅުވީ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
ރިފްއަތު ވިދާޅުވީ، މަރުގެ އަދަބު އުވާލަން ރާއްޖެއަށް އެކި ފަރާތްތަކުން ގޮވާލައި ގޮވާލުންތައް ފާހަގަ ކުރައްވާ ކަމަށާއި ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެއިން ދަމަހައްޓާނެ ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރިއްފަތު ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތީ، އިންސާނީ ހައްގުތައް ދިރުވުމަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދައިގެން ކަމަަށެވެ. މި ކަންކަން ފުރިހަމަ ކުރުމަށްޓަކައި ތަންފީޒު ކުރަން ޖެހޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ދިވެހި ސަރުކާރުން ސާބިތުކަމާ އެކުގައި ތިބޭނެ ކަމަށް ރިއްފަތު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް ގޮވާލީ މަރުގެ އަދަބު ނައްތައިލުމަށެވެ. އެގޮތަށް ގޮވާލި ގައުމުތަކުގެ ތެރޭގައި ސްޕެއިނާއި ސްވިޓްޒަލެންޑް ހިމެނެއެވެ.
ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް ގާނޫނުގައި އޮތް ނަމަވެސް އެ އަދަބު ނުދޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް ރައީސް ޔާމީންގެ ވަރިކަމުގައި މަރުގެ އަދަބު ދޭނެ ކަމަށް ބުނި ނަމަވެސް ޔާމީނުގެ ވެރިކަންވެސް ނިމިގެން ދިޔައީ މަރުގެ އަދަބު ނުދެވިއެވެ.
2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ނިންމުމަކީ ރާއްޖޭގައި އިސްލާމް ދީން ޤާއިމު ކުރުން ވީއިރު މަރުގެ ހުކުމް ފަދަ ޤަތުއީ ހުކުމް ހުއްޓާލެވޭނެ އެއްވެސް ގޮތެއް ނޯނާނެ!