ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ބައްދަލުކުރައްވާ، ކައުންޓާ ޓެރަރިޒަމް އާއި ސަރަހައްދީ ސަލަމަތާ ގުޅޭ މަޝްވަރާތައް ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓާ ޝާހިދު، މިއަދު މިނިސްޓާ މާރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާ ދެ ވަޒީރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސަލާމަތާ ބެހޭ ކަންކަމާ ކައުންޓާ-ޓެރަރިޒަމާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލަމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ މުހިއްމު ދައުރުގެ ސަބަބުން ހާރިޖީ އަދި ދިފާއީ ދާއިރާ ގުޅިގެން މަސައްކަތްކުރުން މުހިއްމުކަމަށެވެ.

އެ ބައްދަލުވުމުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްވެސް ބައިވެރިވެވަޑައިގަތެވެ.