ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 19 އަށް އަރައިފިއެވެ.
އެ ރިސޯޓުން ކޮވިޑަޑް ޕޮޒިޓިވް ވި މީހުންގެ އަދަދު 19 އަށް އެރީ މިއަދު ފެނުނު 2 ކޭސް އާ އެކުއެވެ. އެރަށުން ޕޮޒިޓިވް ވީ ހަމައެކަނި ރިސޯޓް މުވައްޒަފުންނެވެ.
އެޗްއީއޯސީން މައުލޫމާތު ދޭ ގޮތުގައި ރޭ ޓެސްޓުކުރި 12 މުވައްޒަފަކާއި 21 ޑިޕާޗާއެއްގެ ސާމްޕަލްގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވް ވެފައިވެއެވެ. އަދި އިއްޔެ ޖުމްލަ 149 ސާމްޕަލެއް ނަގާފައި ވާއިރު އެ ސާމްޕަލްތައް މިރޭ ޓެސްޓު ކުރެވޭނެ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތު ދެއެވެ.
ކަނޑިންމަ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން އާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަނީ، އެ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހަކު ކޮވިޑް ޖެހިގެން ނިޔާވުކމާ ގުޅިގެންނެވެ. އުމުރުން 60 އަހަރުގެ އެ ދިވެހި ފިިރިހެން މީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ނިޔަވި ފަހުން ސާމްޕަލް ނަގާ ޓެސްޓު ކުރުމުންނެވެ.
އެއާއެކު، މިދިޔަ ހޮނިހިރު ދުވަހުއްސުރެ ކަނޑިއްމަ ރިސޯޓޤ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ
މީގެ އިތުރުން، އެޗްއީއޯސީން ކުރިން ބުނެފައިވާ ގޮތުގައޮ އެ ރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.