ކަޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރަށުގައި ހަރަކާތްތެރި ވަމުންދާ ކަމަށާއި އިއްޔެ ހަވީރުން ފެށިގެން ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކުރެވިފައި ކަމަށެވެ.

އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށް ފަހު ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭން މައުލޫމާތު ދެއެވެ.

އެ ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާއިރު، ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފަކު ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް ވަނީ މަރުވެފައެވެ. އޭނާ މަރިވި އިރު އާނާގެ ކޮވިޑް ޓެސްޓު ވަނީ ޕޮޒިޓިވް ވެސް ވެފައެވެ.