ލ. ގަމުގައި އެކްސިޑެންޓެއް ހިނގާ މީހަކަށް ސީރިއަށް އަނިޔާތަކެއް ލިިބިއްޖެއެވެ.

ފުލުހުން ބުނީ ގަމުގެ މުކުރިމަގު ލިންކު ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ޕީކަޕެއްގެ ފަހަތުގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމުގެ މައުލޫމާތު މިރޭ 09:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާ ތަަކެއް ލިބުމާ ގުޅިގެން ގަމު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަނިޔާވެފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލޭ އާއި ބައެއް ރަށްރަށުގައި ހިނގަމުންދާ އެކްސިޑެންޓްތައް ވަނީ އިިތުރުވެފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން އަންނަނީ މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.