ގިނަ ތުހުމަތުތަކެއް ކޮށްފައިވާ ގއ.މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ޝުކޫރާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަތައް ސާބިތުވުމާ ގުޅިގެން، ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، މިދިޔަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މިއަދު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
އަދި އިސްތިއުފާގެ ސިޓީ ފޮނުވުމުން ޝުކޫރު މަގާމުން ވަކިވީ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީން މައިގަނޑު ގޮތެއްގައި ކޮށްފައިވާ ތުހުމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ހޯދުމަށް އަމަލީގޮތުން ކެމްޕެއިން ކުރި މައްސަލައާއި ހައްޔަރުގައި ހުރި މީހެއްގެ ވަކީލަކު ދިން ސީޓީ އުރައަކާ ހަވާލުވި ކަމަށް ބުނާ ތުހުމަތެވެ.
އެގޮތުން ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
ހައްޔަރުގައި ހުރި މީހާގެ ވަކީލާވެސް ޝުކޫރު ބައްދަލުކުރީ އެމީހާގެ ޝަރީއަތް އޮތް ދުވަސްވަރު ވިލިނގިލީ ރެސްޓޯރެންޓަކުން ކަމަށާއި އެ މީހާއަކީ އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތްތެއް ކަމަށްވެސް ޖޭއެސްސީން ބުނެފައި ވެއެވެ. އެ ވަކީލާ ބައްދަލުކޮށް އޭނާ ދިން ސިޓީ އުރައަކާ ހަވާލުވިކަން ސާބިތުވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދެން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އޯގަސްޓު 2018 ގައި ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، އެމީހުންގެ ބަންދާމެދު ނިންމަވާނެ ގޮތްކޯޓުން ބޭރުގައި ހުރެ ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމުގެ މައްސަލައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައިވަނީ އަދުލުވެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމުށް ޖޭއެސްސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާގެ އިތުރު މައްސަލަތަކެއް ވެސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. އެއީ ކޯޓު އަމުރު ދިނުމަށް ފަހު ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކްވެފައި އޮންނަ މައްސަލަ އާއި، މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ މައްސަލަ އާއި، ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ ތަކެކެވެ.
ކޮބާ ޝުކޫރު ކަލޭހީކުރީ މީހަކަށް އަނިޔާއެއްދީފަ ކަލެއަށް ސަލާމަތުން ހުރެވިދާނެކަމަށްތަ އެހެންވެސް ހުރެވޭނީ ވަކިދުވަހެއްވަންދެން މިއަދު އެދުވަސް ތިއޮތީ މަނިކުފާނާއި ބައްދަލުކޮއްފައި އެހެންވީމާ އެއްވެސް މީހަކަށް އަނިޔާވެރިނުވާތި އެދުވަހު މަނިކުފާނު އުފާކުރީ މިއަދު މަނިކުފާނު ރޮނީ