ރާއްޖޭގައި އިތުރު ސިޔާސީ ޕާޓިއެއް އުފެއްދުމުގެ ހުއްދަ ދީފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ "ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް"ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ.

އެ ޕާޓި އުފެއްދުމަށް ހުއްދަ ދީފައިވަނީ މާލެ. ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ.

ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދިނުމުން ތިން މަސްދުވަހުގެ ތެރޭގައި އެ ޕާޓީން 3،000 މެންބަރުންގެ ސޮއި ހަމަ ކުރަން ޖެހޭނެއެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ތިން ހާސް މީހުންގެ ސޮޔާއި އެކު ޕާޓީ ރަޖިސްޓްރީ ކުރަން ހުށަ ނާޅައިފި ނަމަ ޕާޓީ އުފެއްދުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ވާނެއެވެ.

ޕާޓީ ރަޖިސްޓްރީވުމާއި އެކު ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާވެސް ބާއްވަން ޖެހެއެވެ.