ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކަކަށް، ސިނަމާލެ ބްރިޖާއި ބައެއް މަގުތައް ބަންދު ކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މިއަދާއި މާދަމާ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކަކާއި ގުޅިގެން، ބައެއް މަގުތަކާއި ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަމުން ގެންދާނެ ކަމަށެވެ.

މަގުތައް ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ އެ ދެ ދުވަހުގެ މެންދުރު ފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ބަންދު ކުރުމަށް ނިންމާފައި ވަނީ ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު އަދި ގްރީން ޒޯނެވެ.

އެ ފަރިތަކުރުން ތަކަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަންނަ ބުދަ ދުވަހު ރަސްމީ ދަތުރެއްގައި ރާއްޖެއަށް ވަޑައިގަންނަވާނެތީ ކުރިއަށް ގެންދާ ފަރިތަކުރުން ތަކެއް ކަމަށް ބެލެވެއެވެ.