އެމްއެންޑީއެފްގައި މަސައްކަތް ކުރާ ތިން އޮފިސަރަކު ކާނަލްގެ މަގާމަށް މިއަދު ޕްރޮމޯޓްކޮށްފިއެވެ.

އެމްއެޑީއެފުން ބުނީ، ލެފްޓިނެންޓް ކާނަލްގެ މަގާމުގައި ތިއްބެވި މިތިން ބޭފުޅުންނަށް މިއަދު މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށެވެ. އެ ގޮތުން މިއަދު ޕްރޮމޯޓް ކުރި ތިން މީހުންނަށް ދީފައި ވަނީ ކާނަލްގެ މަގާމެވެ.

މަގާމުގެ ކުރިއެރުން ދިން ތިން އޮފިސަރުންނަކީ ލެފްޓިނަންޓް ކާނަލް އަހްމަދު ނަޝީދު އާއި ލެފްޓިނަންޓް ކާނަލް ހަސަން ޝާހިދު އާއި ލެފްޓިނަންޓް ކާނަލް އިސްމާއީލް ނަސީރުއެވެ.

އެ ތިން އޮފިސަރުންނަށް ވެސް މަގާމުގެ ކުރިއެރުން ދީފައި ވަނީ ސިފައިންގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންނެވެ. މި ތިން އޮފިސަރުންނަކީ ގިނަ އަހަރުތަކެއް ވަންދެން ސިފައިންގެއަށް ހިދުމަތް ކޮށްދީފައިވާ ބޭފުޅުންނެވެ. އަދި އޭގެތެރޭގައި ލެފްޓިނެންޓް ކާނަލްގެ މަގާމުގައި 7 އަހަރަށް ވުރެ ގިނަ ދުވަހު ތިއްބެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.