އައިޖީއެމްއެޗާ ދިމާ މޫދުގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ. ފުލުހުން ވަނީ މިކަން ޔަގީން ކޮށްދީފައެވެ.

ފުލުހުން ދާދި ދެންމެ ބުނީ، އައިޖީއެމްއެޗާ ދިމާ މޫދުގައި މީހަކު އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ. އަދި ފުލުހުން ގޮސް އެމީހާ ބެލި އިރު އޮތީ މަރުވެފައި ކަމަށާއި، އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ބުނެއެވެ.

މަރުވީ ކާކު ކަމެއް އަދި ކޮން ކަމެއްގައި ކަމެއް ވަނީ ސާފުވާ ގޮތް ނުވެއެވެ.

ފުލުހުން އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައި ވާއިރު، ކޮވިޑުގެ މި ދުވަސްވްރުގައި މޫދުގައި ގިނަ މަރުތަކެއް ހިނގާފައި އެބަ ހުއްޓެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ކޮވިޑަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވެސް ވެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުން އިތުރަށް ބަދަލުން ދާ ކަމަށެވެ.