7 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ 7 މީހުންނާއެކު މާލެއިން ގއ. ދެއްވަދޫއަށް ދަތުރުކުރަމުން ދިޔަ "އިރު އަލިމަސް" ނަމަކަށް ކިޔާ ދޯނި މ އަޮތޮޅުން ދިޔަވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބުނެއެވެ. އަދި މިހާރު އެ ދޯނި މ ކޮޅިފުށީ ބަނދަރަށް ވައްދާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ މެންދުރު 12:53 ހާއިރު ކަމަށެވެ.

މި ދުވަސްވަރަކީ ކަނޑުގަދަ ދުވަސްވަރަކަށް ވުމުން ދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށް އެމްއެންޑީއެފާއި ޑިޒާޒްސްޓާ މެނޭޖްމަންޓުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.