ރާއްޖޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފްޑްބޭންކަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ހެނދުނު 8 އިން ފެށިގެން އަންނަ ނޮވެމްބަރު 20 އަށް ފްޑްބޭންބުން އޯޑަރު ކުރާ، 50ރ އިން މަތީގެ ކޮންމެ އޯޑަރެއް، މި ޕްރޮމޮޝަނުގައި ބައިވެރި ކުރެވޭނެއެވެ. އޭގެ ތެރޭގައި ޓޭކްއަވޭއާއި ޑެލިވަރީގެ އިތުރުން ފްޑްބޭންކަށް ގޮސް ކެއުންވެސް ހިމެނެއެވެ. އަދި މިއިން ކޮންމެ އޯޑަރަކަށް 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށްވެސް ފްޑްބޭންކުން ބުނެއެވެ.

ފްޑްބޭންކުގެ ބާނީ މުހައްމަދު ޝަރީފު

ފްޑްބޭންކުގެ ބާނީ މުހައްމަދު ޝަރީފު ވިދާޅުވީ، ކޮންމެ 50ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ޕްރޮމޯޝަންގެ ބޭނުމަކީ، ފްޑްބޭންކުގެ 25 އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގައި ވީހާ ގިނަ ބަޔަކަށް ބައިވެރި ވެވޭނެ ގޮތް ހަދައި ދިނުން ކަމަށެވެ.

"މި ޕްރޮމޯޝަނުގައި ބައިވެރިވާ ކޮންމެ މީހަކަށް 25 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ. އަދި ކުރާ ކޮންމެ 50ރ އިން މަތީގެ ވިޔަފާރިއަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ، ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ނޮވެމްބަރު 20 އާ ހަމައަށް، ޓޭކްއަވޭ ހެދިޔަސް ޑެލިވަރީ ހެދިޔަސް ނުވަތަ ޑައިނިން ހެދިޔަސް 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ"
ޝަރީފް

ފްޑްބޭންކުން ބުނީ، މި ޕްރޮމޯޝަނުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް، އޭނާ އިހުތިޔާރު ކުރާ 6 މީހަކަށް، ފްޑްބޭންކުން ބޭނުން ޑިޝްއެއް (ކެއުމެއް) ލިބޭނެ ކަމަށެވެ. އަދި 2 ވަނަ އަށް ހޮވޭ ފަރާތަކަށް 4 މީހަކަށް ކެއުމެއް ލިބޭ އިރު 3 ވަނަ އަށް ހޮޥޭ ފަރާތަކަށް 3 މީހަކަށް ކެއުމެއް ލިބޭނެއެވެ.

ފްޑްބޭންކް

ފްޑްބޭންކަށް 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ ރެސްޓޯރަންޓުގައި ސޯލޯ މިއުޒިކުވެސް ކުރިއަށް ދާނެއެވެ. މިރޭ 7:30 އިން ފެށިގެން ރެސްޓޯރަންޓް ބަންދު ކުރުމާ ހަމައަށް މިއުޒިކު ކުރިއަށް ދާއިރު، ރެސްޓޯރަންޓަށް ޒިޔާރަތް ކޮށް، ތަފާތު މީރު ރަހަތަކުގެ ކެއުންތަކަށް އިންސާފު ކޮށްލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

ފްޑްބޭންކަކީ، އެކި ސައިޒު ތަކުގެ ޕިއްޒާއާއި، ތަފާތު އެކި ރަހަތަކަކުގެ ކެއުމަށް މަޝްހޫރު ރެސްޓޯރަންޓެކެވެ. އެ ތާނގެ އެންމެ ހާއްސަ ޑިޝްތަކުގެ ތެރޭގައި ތަންދޫރީ ޕްލެޓާއާއި، ފިޝް މުނިޔާއާއި، ޕޯޗެޓް ޗިކަން އާއި ފްޑްބޭންކުގެ ސްޕެޝަލް މެއިން ޑިޝް ފާހަގަ ކޮށްލެވެއެވެ.

ފްޑްބޭންކްގެ ތަންދޫރީ ޕެކޭޖް

ފެމިލީ ޑިނާއާއި ޕާޓީތަކަށްވެސް ހާއްސަ ފްޑްބޭންކަކީ، ރާއްޖޭގެ ކުދި ބޮޑު ގިނަ ބައެއްގެ މަގުބޫލު ރެސްޓޯރަންޓެކެވެ. އެ ރެސްޓޯރަންޓުގައި ރާއްޖޭގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އެކިއެކި އޮފީސްތަކުގެ ވެރިންގެ ފެންވަރުގެ ބޭބޭފުޅުންގެ ހަފްލާތަކާއި ޕާޓީތައްވެސް ބާއްވަމުން ގެންދެއެވެ.

ހިތްގައިމު ތަނަވަސް މާހައުލެއް އޮންނަ ފްޑްބޭންކު ހުންނަނީ އިސްކަންދަރު ސްކޫލު ކުރިމަތިން އޮންނަ ދީދީ ގޯޅީގައެވެ.