މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، ތޫނު އެއްޗަކުން މީހަކު ޒަހަމް ކޮށްލާފައިވާ ކަމަށް ރޭގެ 10:51 ހާއިރު ރިޕޯޓުްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ އެ ޒަހަމްތަކާއެކު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގީ މާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިފައިވާ އިރު ރޭ ދަނަވަރުގެ ވަގުތެއްގައި އައްޑޫ ސިޓީގައިވެސް ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒހަމަކޮށްލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ސިޓީގައި އުޅޭ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގެ ތެރެއިންނެވެ. އަދި އެމީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.