ކައުންސިލްތަކާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވުމަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެޕްރޮގްރާމްގެ ވަާޗުއަލް ރިފްރެޝާ ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އެ ޕްރޮގަރާމުގައި ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް އެފަދަ އިންސްޕެކްޝަންތައް ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އެކިކަންކޮޅުތަކުން ޓޫރިސްޓް ގެސްޓްހައުސް، ޓްރެވަލް އެޖެންސީ އަދި ޑައިވް ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އަދި ހަމަ އެދުވަހު ޑައިވް ސެންޓަރުތައް އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ޕްރޮގްރާމްގައި ޖުމްލަ 190 ކައުންސިލުން ބައިވެރިވެފައިވާ ކަމަށާއި އެކަމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްފައި ވެއެވެ.

އެ މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން ގުޅިގެންމަސައްކަތްތައް ހިންގުމުގެ ގޮތުންނާއި ކައުންސިލްތައް ބާރުވެރިކުރުވާ ލާމަރުކަޒުކުރުމަށް ބާރުއެޅުމުގެ ގޮތުން މިނިސްޓްރީ އޮފްޓޫރިރަމުން އިސްނަގައިގެން ނިމިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީއަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އައުކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީން ޕްރޮގްރާމެއްވަނީ ބާއްވާފައެވެ.