2023ގައި އޮންނަ ރިޔާސީ އިންތުހާބުގައި އެމްޑީޕީ ނިކުންނާނީ ވަކިންތޯ ނޫނީ ކޯލިޝަނެއްގައި ތޯ ވަރަށް އަވަހަށް ނިންމަން ޖެހޭ ކަމަށް ހެންވޭރު މެދު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ނެރޭ ހަބަރު ސިޓީގެ ހަތްވަނަ އަދަދުގައި ލިޔުއްވި ލިޔުއްވުމެއްގައި އާޒިމް ވިދާޅުވީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިން 2023 ގައި އޮންނަ ރިޔާޒީ އިންތިހާބުގައި ނިކުންނާނެ ގޮތެއް ވަރަށް އަވަހަށް ނިންމަން ޖެހިފައި ވާ ކަމަށެވެ.

ސަބަބެއް ކަމަށް އާޒިމް ވިދާޅުވީ އެއީ ވާދަވެރި ޕާޓީތަކުން އެމްޑީޕީއާ ދިމާލަށް އަންނަތަން ފެނިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން އާޒިމް ސިފަ ކުރައްވާފައި ވަނީ، އިދިކޮޅު ޕާޓީތަކަކީ އެމްޑީޕީއާ ދިމާލަށް ނަގަމުން އަންނަ ބޮޑު ވިލާގަނޑެއްގެ ގޮތުގައެވެ.

ވާދަވެރި ޓީމްތަކުގެ ކުޅުންތެރިން ގޮވައިގެން މެޗަށް ކުޅެއް އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލްޖަހާތަން އަޅުގަނޑަށް ފެންނާތީ، އޭރުން މެޗުން ވާނީ ބަލި، ދަނޑުން ފައިބާނީ އަނިޔާތަކާއެކު ރޮމުން
އާޒިމް

މީގެ އިތުރުން އާޒިމް އެ ލިޔުމުގައި ވަނީ، ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި އެމްޑީޕީ ނޫން ފަރާތަތަކުން އެ ފަތާރަތައް ނިސްބަތްވާ ޕާޓީ ވަރުގަދަ ކުރަން މަސައްކަތް ކުރަމުން ދާ ކަމުގެ ތުހުމަތު ކުރައްވައިފައެވެ.

އެގޮތުން 2023ގައި އޮންނަ އިންތިހާބަށް ތައްޔާރު ވަމުންދާ ކަމަށާއި އެ ޕާޓީގެ ފިކުރުތަކުގެ މީހުންނަށް ވަޒީފާތައް ދިނުމާއި ޕްރޮޖެކްޓް މަސައްކަތް ކުރުމަށް ހަވާލު ކުރަމުން ދާކަން އާޒިމް އެ ލިޔުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަތޮޅު ތަކުގައި ސަރުކާރުން ހިންގާ ތަންތަނުގައި އެފަދަ ކަންތައްތައް މާ ބޮޑު ކަމަށް އާޒިމް ވިދާޅުވެއެވެ.

ސަރުކާރުން ކުރާ ކަމެއް ނަމަ އެ ކަމެއް ރައްދު ވަނީ އެމްޑީޕީއަށް ކަމަށާއި އެގޮތުން ސިފަކުރައްވާފައި ވަނީ އެއީ އިތުރު ޕާޓީއަކަށް ތުހުމަތުވާ ކަމަކަށް ނުވާ ކަމަށެވެ. އެކަމުން ދާހަވަނީ "ކޯލިޝަން އޮފް ދަ އަންވިލިންގް" ގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.