ރޭ ދާންދޫގައި ހިންގި މާރަމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ 1:30 ހާއިރު ހިނގި މި މާރާމާރީގައި އަނިޔާވެފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ޒުވާނާ މިހާރު ވަނީ ފަރުވާއަށް ވިލިނގިއްޔަށް ގެންގޮސްފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާތީ އޭނާ މާލެ ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އޭނާއަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ ބޮލަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މާރާމާރި ހިންގާފައި ވަނީ ދެ ގްރޫޕެެއް ދެމެދުގައެވެ. އެއް ގްރޫޕުގައި 18 އަހަރު ނުވާ ކުޑަކުދިން ހިމެނޭއިރު، އަނެއް ގްރޫޕުގައި ތިބީ 25 އަހަރުގެ ފިރިހެނުން ކަމަށް މައުލޫމާތު ލިބެއެވެ. މިތަނުން ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 18 އަހަރު ނުވާ ކުދިން ހިމެނޭ ގްރޫޕުގައި ހުރި ޒުވާނަކަށެވެ.

މި ހާދިސާގައި 3 މީހަކަށް އަނިޔާވެފައި ވާއިރު، މިހާތަނަށް އެއްވެސް މީހަކު މި މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމަތެއް ލިބިފައެއް ނުވެއެވެ.