އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި 3 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވަނީ ގދ. ނަޑެއްލާ ރަބީއީމަންޒިލް، މުހައްމަދު އަޖްނާޒު އަށެވެ.
މި ހާދިސާ ކުއްޖާ ކިޔައިދީފައިވާ ގޮތުގައި، އޮކްޓޯބަރު 23، 2016 ވަނަ ދުވަހު މެނދުރު 2:00 ހާއިރު، ކުއްޖާ ޓިއުޝަން ކްލާހަށް ދިޔަ މަގުމަތީގައި، ޓިއުޝަން މިސްގެ ގެ ކައިރީގައި ހުންނަ ގެއެއްގެ ދޮރާށި ކައިރީގައި އަޖްނާޒު ކަޅުކުލައިގެ ޖިންސަކާއި ގަމީހެއް ލައިގެން ހުއްޓާ ފެނުނެވެ. އަދި ކުއްޖާއަށް އޭނާ ފެނުމާއެކު، ދޮރާށި ކައިރިން ގޭގެ އެތެރެއަށް ޖެހި އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޖިންސު ތިރި ކުރި ކަމަށް ކުއްޖާގެ ބަޔާނުގައި ވެއެވެ.
ޖިންސު ތިރިކޮށް، މުށި ކުލައިގެ ސޮސެޖެއް ކަހަލަ އެއްޗެއް އެމީހާގެ ކަނާތު ތެރެއަށް ލައިގެން ހުރެ ދެއްކި ކަމަށާއި، އޭތި ފެނުމުން ބިރުން ދުވެ ގޮސް ޓިއުޝަން މިސް ގާތު އެވާހަކަތައް ކިޔައިދިން ކަމަށް ވެސް ކުއްޖާގެ ބަޔާނުގައި ވެއެވެ.
މިކަމަށް އަޖްނާޒު އިންކާރު ކުރި ނަމަވެސް، މިއީ އޭނާއާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ހަދައިގެން ނުވަތަ އުފައްދައިގެން ކިޔައިދިން ކިޔައިދިނުމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައި ވެއެވެ.
ކުޑްކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މައްސަލަ އަޖުނާޒުގެ މައްސަލަ ސާބިތުވެފައި ވާއިރު، މީގެ ކުރިން ވެސް އޭނާގެ މައްޗަށް ވަނީ ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ ދެ ކުށެއް ސާބިތު ވެފައެވެ. އެގޮތުން، ކުޑަކުއްޖަކާ މެދު ބަދުއަހްލާގީ އަމަލު ހިންގިކަން ސާބިތުވެ، ގދ. ތިނަދޫ ކޯޓުން ވަނީ އޭނާ 2 އަހަރު ދުވަހަށް ގޭ ބަންދުބކޮށްގައެވެ. ހަމައެއާއެކު، ގދ. ނަޑެއްލާ އަތިރިމަތީގައި މީހުންނަށް ފެންނަގޮތަށް ހުރެގެން އަމިއްލަ އަށް ބަދުއަހްލާގީ އަމަލު ހިންގާފައި ވާތީ ގއ. ދެއްވަދޫ ކޯޓުން ވަނީ އޭނާ 9 މަސް ދުވަހަށް އަރުވާލުމަށް ވެސް ހުކުމް ކޮށްފައެވެ.
އަޅަ ކޭކޮޅައިންގަ ދެންބޮނަންނާތީ