ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީން ހިންގުމަށް ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 6 ބައިވެރިއަކަށެވެ. އަންނަ އަހަރު ޖޫންގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލާސް ޑިގްރީ ކޯހެކެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވީ ޝަރުތުތައް:

  • 2021 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރުން
  • ޒަވާޖީ ހަޔާތެއް ފަށާފައިނުވާ ފަރާތެއް ކަމުގައިވުން
  • އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމުން (ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ވަނީ ހަމަޖެހިފައި)
  • ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން
  • ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމުގައިވުން (މި ދެ ޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހުވެސް ފުރިހަމަ ކުރެވިދާނެ ދެ ޓެސްޓު)

މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން، ނޭވަލް އާކިޓެކްޗާ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސާޗް، މެރިން އެންޑް އެންވާރަމެންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނެއެވެ. މީގެ އިތުރުންވެސް މޭޖާ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މައުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓުން ލިބޭނެއެވެ.

އެމްއެންޑީއެފުން ވަނީ، މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، މިމަހު 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިންގެ ކޯސް ޑިޕާޓްމަންޓަށް މެއިލް ކުރުމަށް އެދިފައެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މި ކޯހާ ބެހޭގޮތުން އިތުރު މައުލޫމާތު، އެމްއެންޑީއެފް ހެޑްކްއޯޓާޒް ފޯނު ނަމްބަރު 3322607 އަދި އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިން އެކްސްޓެންޝަން ނަމްބަރު 2157 ނުވަތަ މޯބައިލް ނަމްބަރު 9871235 އަށް ގުޅައިގެން ލިބޭނެއެވެ.