އދ މާމިގިލީ އުމުރުން 23 އަހަރުގެ އަންހެނަކު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރި ވެރިޔާ ގާސިމް އިބްރާހިމާ 4 އަންބަށް ކައިވެނި ކޮށްފިއެވެ. މިރޭ ކައިވެނި ސައި ގާސިމުގެ ސަން އައިލެންޑް ރިސޯޓުގައި ބާއްވާފައިވާ އިރު ގާސިމް ކައިވެނި ބައްލަވައި ގަތީ، އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލްހަމީދު އާ އެވެ. އޭނާގެ މަންމަ އަކީ އއ. އުކުޅަހު މީހެކެވެ.

ގާސިމް އިބްރާހިމް، ރާނިއާ އާ ކައިވެނި ބައްލަވައިގަންނަވާ ވާހަކަ ސޯޝަލް މީޑިއާގައި ދެކެވެމުން ދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި ގާސިމު އެންމެ ފަހުން ކައިވެނި ބައްލަވައިގެން، މިހާރު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަރިކުރެއްވި ވާހަކަވެސް ވަނީ ދައްކާފައެވެ. އަދި ވަރި ސާބިތު ކުރުމަށް މައްސަލަ ކޯޓަށް ވައްދާފައި ވާކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.

ގާސިމް އާއި ރާނިއާ ---

ގާސިމް 4 ވަނަ ކައިވެންޏެއް ކުރެއްވި އިރު، ނަހުލާއަކީ 3 ވަނައެވެ.

މިލްކިއްޔާތުގައި ބިލިޔަނަކަށް ވުރެ ގިނަ ފައިސާއާއި މުދާ ހުރި ގާސިމްގެ ބޮޑެތި ބޭފުޅުން ތިއްބެވި އިރު 3 ވަނަ އަނބިކަނބަލުން ނަހުލާއަށް ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި ވަރަށް ތުއްޕު ބޭފުޅުންވެސް އެބަތިއްބެވިއެވެ.