ސައިކަލަކާއި ޓްރަކެއް ޖެހި އެކްސިޑެންޓްވެ މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކްއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމުގެ މައުލޫމާތު މިރޭ 6:00 އެހާކަށް ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާތީ އެމީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އެ އެކްސިޑެންތް ހިނގި އިރު އުޅަނދު ދުއްވަން އިން ދެމީހުން އަތުގައި ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.