މާލެ އަތޮޅުގައި އެންދަމަން އުޅުނު ނ. މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މިކަން ވަނީ މާޅެންދޫ ކައުންސިލުން ކަށަވަރު ކޮށްދެއްވާފައެވެ.

ކައުންސިލުން ބުނީ އެންދަމަން ފޭބި އެ ރަށުގެ މަސްވެރިއަކު މަރުވެފައިވާ ކަމުގެ މައުލޫމަތު ލިބިފައި ވަނީ މިއަދު 9:00 ހާއިރު ކަމަށާއި ނަމަވެސް އެ ހާދިސާ ހިންގާދިޔައީ ކިހިނެެތް ކަމެއް މިހާތަނަށް ސާފު ނުވާ ކަމަށެވެ.އެއީ ގަތްގަނޑަކަށް 50 އަހަރުގެ ފިރިހެނެއް ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން މަސައްކަތް ކުރި ނަމަވެސް ވަނީ ލިބޭގޮތް ނުވެފައެވެ.

އެންދަމަން ފޭބި މަސްވެރިއަކު މަރުވެފައި ވާއިރު، މިގެ ކުރިންވެސް ވަނީ މަސްވެރިކަމަށް ގޮސް އުޅެނިކޮ އެފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައެވެ.

އެގޮތުން މި އަހަރު މޭ މަހު ގދ ގައްދޫ ދޯންޏަކުން ފީނަން ދިޔަ ޒުވާނަކު ވެސް ވަނީ މަރުވެފައެވެ. އެންމެ ފަހުން އެފަދަ ހާދިސާއެއް ހިނގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު، ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާގެ މަރުވެފައި އޮއްވާ ފެނުނެވެ.