ހދ. ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސްޓޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕްކެޓް ތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އިއްޔެ ހަވީރު 4:35 ހާއިރު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ،

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ކޮވިޑާ ގުޅިގެން ކޮންމެވެސް ވަރަކަށް މެދުކެނޑިފައި އޮތުމަށްފަހު އަނެއްކާވެސް މިހާރު ވަނީ މަސްތުވާ ތަކެތީގެ މައްސަލަތައްވެސް އިތުރު ވާން ފަށާފައެވެ.