އެމެރިކާއިން ރާއްޖެއަށް 60 ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.
އެމެރިކާއިން ހްދިޔާކުރި ވެނޓިލޭޓަރު ތަކާ ހަވާލުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ރާއްޖޭއާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށައި ކޮންމެ ހާލަތެއްގައި ވެސް އެމެރިކާއަށް ރާއްޖެއިން ބަރޯސާވެވޭނޭކަ އެމެރިކާއިން ދައްކުވައިދީ ފައިވާކަމަށެވެ.
އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދިން އެ އެހީގެ ސަބަބުން ރާއްޖޭގެ އައިސީޔޫތަކުގެ ކެޕޭސިޓީ އިތުރުވެގެންދާނެކަމަށާއި ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން ސާހިދު ފާހަގަކުރައްވިއެވެ.
އެމެރިކާއިން ރާއްޖެއަށް ވެދީފައިވާ އެހިތެރިކަން ފާހަގަ ކުރައްވާ ޝާހިދު ވިދާޅުވީ ކޮވިޑާ ގުޅިގެން އައި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެމެރިކާއިން ރާއްޖެއަށް 4 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި 2 މިލިއަން ޑޮލަރުގެ ގްރާންޓް އެއިޑެއް ހިމެނޭ ކަމަށާއި އެމެރިކާއިން ވަނީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޕީޕީއީ އާއި ޕީސީއާރު މެޝިންގެ އިތުރުން އަދިވެސް އެހެނިހެން އިކުއިޕްމެންޓް ހަދިޔާކޮށްފައި ކަމަށް ޝާހިދު ވިދާޅުވެ ވަނީ އެކަމަށް އެމެރިކާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
އެމެރިކާއިން ރާއްޖެއަށް ހަވާލުކުރި ވެންޓިލޭޓަރުތަކާ ހަވާލުކޮށްދެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް ކަމަށައި އަދި ރާއްޖެއިން ވެންޓިލޭޓަރތަކާއި ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު އުމަރު އަބްދުއް ރައްޒާގެވެ.