މާލޭގެ މާފަންނުގައި ހުންނަ ތޮއިބާ މިސްކިތް ކައިރިން މީހަކަށް ތޫނު އެއްޗަކަށް ހަމަލާ ދީ ޒަހަމްކޮ ށްލައިފިއެވެ.

ފުލުހުން ބުނީ، މާފަންނު ސަރަހައްދުގައި މީހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް މިރޭ 8:45 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އަނިޔާވި މިހާއަށް ފަރުވާ ދިނުމަށް އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ދަނީ އެ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރި ވަމުން ކަަމަށް އެފަރާތުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 19 އހަަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެސް ތޮއިބާ މިސްކިތް ކައިރިން ކަމަށް ފުލުހުން ބުނެއެވެ.

ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ ހަވީރީ ހިނގުމާއި ޝަހީދު އަލީ ހިނގުނ ގުޅުނު ހިސާބުން ކަމަށް ފުލުހުން ބުނެއެވެ.