މަސްވެރިންގެ އަތުން މިފްކޯއިން މަސް ގަންނަމުން ދިޔަ އަގު ދޫކޮށްލަން ސަރުކާރުން ނިންމައިފިއެވެ.

މިއަދު ހަވީރު މިފްކޯގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިފްކޯގެ މައި ކުންފުނި އެސްޓީއޯއިން ބުނީ މިފްކޯއަށް ފާއިތުވި 7 އަހަރު ދުވަހު މަސް ގަންނަ އަގު ކޮންޓްރޯލްކޮށްގެން އެއް އަގެއްގައި ހިފަހައްޓަފާއިވާ ކަމަށެވެ. އެހެންކަމުން ކުރުއަށް އޮތް ތަނުގައި ފްލޯޓިން މެކޭނިސަމް ޕްރައިސައަކަށް މަސް ގަންނަ އަގު ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯންއިން ބުނެއެވެ.

މަސް ގަންނަމުން ދިޔަ ކޮންޓްރޯލް އަގު ދޫކޮށްލަން ނިންމާފައިވާ އެ ބަދަ އިރު އެ ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މި ބަދަލު ސަރުކާރުން މި ގެނައީ މަސް ގަންނަ އަގު ދޫކޮށްލުމަށް މަސްވެރިން ވެސް ގޮވާލަމުން ދަނިކޮށެވެ. މަސް ގަންނަ އަގު ދޫކޮށްލުމުން ބާޒާރުގައި މަސް ގަންނަ އަގަށް އަންނަ ކޮންމެ ބަދަލެއް ގެނެވޭނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

ހަމައެއާއެކު މި ބައްދަލުވުމުގައި މިފްކޯގެ ވަސީލަތްތައް ތަރަގީ ކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ގޮތުން ސަރުކާރުން 30 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކުރިއަށްތަނުގައި ފަށާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން މަސްވެރިންނަށް ތެޔޮއަށް ލުއި ދީފައިވާ ކަން ފާހަގަކޮށް އެސްޓީއޯން އިން ބުނީ މސްވެރިންނަށް ދޭ ތެލުން އިތުރު ލުޔެއް ދިނުމަށް މަޗްވަރާ ކުރެވެމުން އަންނަ ކަމަށެވެ.