ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރާއްޖެއިން އިތުރު 70 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 48 ދިވެހިންނާއި، ރާއްޖޭން ބޭރަށް ނިސްބަތްވާ 22 މީހުންނެވެ.

‏މިއަދު ޕޮޒިޓިވްވި 70 މީހުންގެ ތެރެއިން 65 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ. އަދި 5 މީހުންނަކީ އަތޮޅުތެރެއިން ޕޮޒިޓިވް ވި މީހުންނެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 1668 މީހެކެވެ. އޭގެ ތެރެއިން 105 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 834 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9243 އަށް އަރާފައި ވާއިރު އޭގެތެރެއިން މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.

‏އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 7536 އަށް އަރާފައެވެ. މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި 210 މީހުން ވަނީ މިއަދު ބަލިން ރަނގަޅުވެފައެވެ.