މިދިޔަ 2019 ވަނަ އަހަރުގެ އޮގަސްޓް މަހަށްވުރެ މި އަހަރު އިމްޕޯޓް އަދި އެކްސްޕޯޓްވެސް ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2010 ވަނަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު 35 އިންސައްތަ ވަނީ ދަށްވެފައެވެ.
ވޭތުވެދިޔަ އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދައުލަތަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 297 މިލިއަން ރުފިޔާ ލިބުނު އިރު މި އަހަރު ލިބިފައި ވަނީ 102 މިލިއަން ރުފިޔާއެވެ. އެއީ 66 އިންސައްތައިގެ ދަށްވުމެކެވެ،
މިދިޔަ އަހަރު 256 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރެވުނު އިރު މި އަހަރު ކުރެވިފައި ވަނީ 251 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ 2 އިންސައްތައިގެ ދަށްވުމެކެވެ. އިމްޕޯޓް ކުރެވުނު މުދަލަށް ބަލާއިރު، މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޯށްފައި ވެއެވެ. މި އހަރަު ކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ 35 އިންސައްތައިގެ ދަށްވުމެކެވެ.
އެންމެ ގިނައިން އިމްޕޯޓް ކުރި 5 ގައުމަކީ:
- ޗައިނާ
- އިންޑިއާ
- ސިންގަޕޫރް
- އޮމާން
- ޔޫއޭއީ
އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ގައުމަކީ:
- ތައިލެންޑް
- ޖަރުމަނުވިލާތް
- ފަރަންސޭސްވިލާތް
- އިނގިރޭސިވިލާތް
- އިޓަލީ
2019 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު އެ އަދަދު ވަނީ 2.1 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.