ލިލީ ކުންފުނީގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ.

އެ ތަކެތި ހަދިޔާ ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ލިލީ ކުންފުނީގެ ފަރާތުން ސްކޫލްތަކަށް ހަދިޔާ ކުރި 100،000 މާސްކު / ފޮޓޯ: އެޑިއުކޭޝަން

އެ މާސްކުތައް ހަވާލުކޮށްފައިވަނީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް، ހުސައިން ފައިސަލް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސަރު، މުޙައްމަދު އިމްތިޔާޒެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މާސްކުތަކާއި ހަވާލުވެ ވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.