ޒުވާން ފުލުހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ ނިޔާވެފައި ވަނީ ޕޮލިސް ސާޖެންޓް، ޝުޖާއު އަދްނާން ކަމަށެވެ. އޭނާ އަކީ އުމުރުން 36 އަހަރުގެ މީހެކެވެ.

ޝުޖާއު އަކީ ހއ. ދިއްދޫއަށް ނިސްބަތްވާ މީހެކެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ ހޮނިހިރު ދުވަހު އެ ރަށުގެ ޓްރެކް ފެހިކަން މޫދުގައި އޮއްވާ މެޔަށް ތަދެއް އަރައިގެން ޝުޖާއު އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރި ކަމަށެވެ.

އޭނާ ނިޔާވީ ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް ނިޔާވުމުން ކަށުކަމާ ކެމީގެ ކަންކަން ނިންމާ ވަޅުލާފައި ވަނީ ރޭ ފަތިސް ނަމާދަށް ފަހު ދިއްދޫގައެވެ.

ޝުޖާއު ނިޔާވުމުގެ ކުރިން ފުލުހުންގެ ފަރާތުން ލިބުނު ކޯހެއް ހެދުމަށް އިންޑިއާއަށް ބަދަލުވި ނަމަވެސް ކޮވިޑް-19އާ ގުޅިގެން ރަށަށް ބަދަލުވީ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޝުޖާއު ނިޔާވި އިރު އަންބަކާއި 2 ދަރިން ތިބެއެވެ.