ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެ ކަމަށް ބުނެ ފެތުރެމުންދާ ހަބަރަކީ ދޮގު ހަބަރެއްކަން އެނގިއްޖެއެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މައިމޫނާގެ މަންމަ ނިޔާވެއްޖެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތައުޒިޔާ ވިދާޅުވެފައި ވަނީ އޮޅުމަކުން ކަމަށެވެ.

އަދި ޑީޖީގެ މަންމަ ނިޔާވެފައިވާ ކަން އެނގިފައި ނުވާ ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

ޑީޖީ މައިމޫނާގެ މަންމަ ނިޔާވެއްޖެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓް

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިމޫނާގެ މަންމަ ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި މިފަދަ ދަތި، އުނދަގޫ ދުވަސްވަރެއްގައި މައިމޫނާއަށާއި އާއިލާއަށް ލިބިވަޑައިގަތް ހިތާމައަށް އިހްލާސްތެރި ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުހޫމާއަށް ސުވަރުގެ މިނަވްރު ކުރެއްވުން އެދި އެމަނިކުފާނު ވަނީ ދުއާ ދަންނަވާފައެވެ. ނަމަވެސް މިހާރު އެ ޓްވީޓް ވަނީ ޑިލީޓް ކުރައްވާފައެވެ.